ގުޅިފަޅުން ގޯތި ލިބޭ މީހުންގެ ތެރެެއިން 1260 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކޮށްފި
ދަޕްރެސް
29 އޯގަސްޓު 2025 | ހުކުރު | 2:32
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް 1260 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކޮށްފިއެވެ.
މިދިޔަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަަށް ރަޖިސްތްރީ ދޫކުރުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ފަށާފައެވެެ.
އެގޮތުން މި މަސައްކަތުގެ އެންމެފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ހައުސިން މިނިސްޓްރީން ބުނީ މިހަތާނަށް 1260 ފަރާތަކަށް ރަޖިސްތްރީ ދޫކޮށްފައިވާ ކަމަށެވެ. ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށް ދަނީ އެ މިނިސްޓްރީ ކުރިން ހިންގި އިމާރާތް ހުރި ބިމުގައި ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.