އައިޒަން ދެކެމުން އައި ހުވަފެން ހަގީގަތަކަށް: 2 މަސް ދުވަހުން ހަދާ ނިންމާލީ ރޭސިން ކާރެއް!

ދަޕްރެސް

29 އޯގަސްޓު 2025 | ހުކުރު | 4:00

ކޮންމެ ބޮޑު ކާމިޔާބީއެއްގެ ފަހަތުގައި ވަނީ އެކަމެއް ކުރުމަށްޓަކައި ދެކެމުން އަންނަ ހުވަފެނާއި ނުގުޑާފަދަ ވަރުގަދަ އަޒުމެވެ. ރާއްޖޭގައިވެސް ތަފާތު މޮޅެތި ހުނަރުވެރި ދަރިން ތިބިއިރު، މިފަދަ މޮޅެތި ކާމިޔާބީތައް ހާސިލުކޮށްފައި އެބަ ހުއްޓެވެ.

މިއަދު "ދަ ޕްރެސް" އިން ކިޔުންތެރިންނަށް މި ދޫކޮށްލަނީ މިފަދަ ތަފާތު މޮޅު އީޖާދެއް ކޮށްފައިވާ ގއ. ގެމަނަފުއްޓަށް އުފަން އުމުރުން އެންމެ 16 އަހަރުގެ އަހުމަދު އައިޒަން އަމްޖަދުގެ ވާހަކައެވެ. އައިޒަން ވަނީ ކާމިޔާބު ކަމާއެކު ރޭސިން ކާރެއް ކުރު މުއްދަތެއްގެ ތެރޭގައި ހަދާ ނިންމާލާފައެވެ. ގިނަ ބައެއްގެ ސަމާލުކަން މި ރޭސިން ކާރަށް ލިބެމުންދާއިރު، މި ކާރު ފެނިފައި ހައިރާން ނުވާ މީހަކު މަދެވެ. ހުދު އަހަރެންވެސް އައިޒަންގެ ވާހަކަތައް އަޑުއަހާލާފައި އަޖައިބުވިއެވެ.

މި ނޫހަށް މައުލޫމާތު ދެމުން އައިޒަން ބުނީ މިއީ ގުރޭޑު 8 ގައި ކިޔަވަމުން ދިޔައިރުވެސް ސިކުނޑީގައި އެނބުރެމުން ދިޔަ ހިޔާލެއް ކަމަށެވެ. ނަމަވެސް އޭރު މިފަދަ މަސައްކަތެއް ނުކުރީ ކިޔެވުމަށް ދެވޭ ވަގުތު މަދުވެދާނެ ތީ ކަމަށާއި، މި އަހަރުގެ ޖޫން މަހު އޯލެވެލްގެ އިމްތިހާނު ނިމުމާއެކު މި މަސައްކަތް ކުރަން ފެށި ކަމަށް އައިޒަން ބުންޏެވެ.

މައުޟޫޢުތަށް