ކުޑަކުދިންނާ ބެހުނު އެޕްސްޓީންއާ ރާއްޖޭގެ ރައީސަކު ބައްދަލުކުރަން ހަމަޖެއްސިކަމަށް ބުނާ އީމެއިލްއެއް

ދަޕްރެސް

29 އޯގަސްޓު 2025 | ހުކުރު | 6:38

ސަރުކާރަށް 500 މިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ އިތުރުން އެ ކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް ބްލެކްމެއިލްކުރި ޖެފްރީ އެޕްސްޓީންގެ އެހީތެރިކަން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހޯދެއްވިކަން ހާމަވެއްޖެއެވެ.

ރައީސް ވަހީދު ޖެފްރީ އެޕްސްޓީންގެ އެހީތެރިކަން ހޯދިކަމާށާއި އޭނާއާ ބައްދަލުކުރެއްވިކަން އެނގޭ ލިޔެކިޔުންތަކެއް ވަނީ އާންމުވެފައެވެ.

އާންމުވެފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ލޯނު ހޯދުމުގައި އެހީތެރިވެދިނުމަށް އެދި ރައީސް ވަހީދު ވަނީ މެއިލެއް ފޮނުވާފައެވެ. އެ މެއިލްގައި ސަރުކާރަށް 500 މިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމާ އޭރުގެ ފިނޭންސް މިނިސްޓަރު (އަބްދުﷲ ޖިހާދު)އާ މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވެފައިވެއެވެ.

މައުޟޫޢުތަށް