ފަލާހުގެ މައްސަލަ ތަހުގީގުކުރުމާމެދު ޕީޖީގެ ލަފަޔަކަށް ފުލުހުން އެދިއްޖެ

ދަޕްރެސް

29 އޯގަސްޓު 2025 | ހުކުރު | 7:55

ބައެއް ނޫސްވެރިން އުލުބައިންދަން ޖެހޭ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހް ރައްޔިތުންގެ މަޖިލީހުގައި ގޮވާލެއްވި މައްސަލަ ބެލުލާމެދު ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) އޮފީހުގެ ލަފަޔަކަށް ފުލުހުން އެދިއްޖެއެވެ.

ބައެއް ނޫސްވެރިން އުލުބައިންދަން ޖެހޭ ކަމަށް ފަލާހް ވިދާޅުވި މައްސަލަ ބަލައިދިނުމަށް އެދި ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައި ވަނީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިންނެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ތަޅުމުގައި ދައްކާފައިވާ ވާހަކައަކާ ގުޅިގެން އެމްޖޭއޭއިން ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރުމާމެދު ގާނޫނީ ލަފައަކަށް އެދި އިއްޔެ ޕީޖީގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

މައުޟޫޢުތަށް