މައްސަލަ ބަލައި ޖަލަށްލައިފިނަމަ ރަހުމަތްތެރިންނަށް ވާނީ އެމްޑީޕީގެ އިސްވެރިންނާއި ނޫސްވެރިން: ފަލާހު
ދަޕްރެސް
29 އޯގަސްޓު 2025 | ހުކުރު | 10:39
މައްސަލަ ބަލައި ޖަލަށްލައިފިނަމަ، ރަހުމަތްތެރިންނަށް ވާނީ އެމްޑީޕީގެ ވެރިކަން ކުރި ރައީސުންނާއި އެ ޕާޓީގެ މެންބަރުންގެ އިތުރުން ނޫސްވެރިން ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފަލާހު ވަނީ ބައެއް ނޫސްވެރިން އުލުބައިންދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން އެ މައްސަލަ ބަލައިދިނުމަށް އެދި ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅެމުން މައްސަލަ ތަހުގީގު ކުރުމާމެދު ލަފައަށް ދިނުމަށް ފުލުހުން ވަނީ ޕީޖީ އޮފީހަށް ހުށަހަޅާފައެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ މި މައްސަލަ ބަލައި ޖަލަށްލައިފިނަމަ، އެތާނގައި ރަހުމަތްތެރިންނަށް ވާނީ އެމްޑީޕީގެ ވެރިކަންކުރެއްވި ރައީސުންނާއި އެމްޑީޕީގެ މަޖިލީސް މެމްބަރުންގެ އިތުރުން ނޫސްވެރިން ކަމަށެވެ.