އީސީގެ ވޯކް-އިން އިންޓަވިއުގައި 100 އަށް ވުރެ ގިނަ މީހުން ބައިވެރިވެއްޖެ

ދަޕްރެސް

31 އޯގަސްޓު 2025 | އާދިއްތަ | 8:03

2026 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާއްވާ ވޯކް-އިން އިންޓަވިއުގައި 100 އަށް ވުރެ ގިނަ މީހުން ބައިވެރިވެއްޖެއެވެ.

އީސީ އިން ބުނީ އިއްޔެ ކަލާފާނު ސްކޫލްގައި ބޭއްވި ވޯކް-އިން އިންޓަވިއުގައި 100 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާކަމަށާއި، މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގައި އިންޓަވިއުކުރުން ކުރިއަށް ގެންދާކަމަށްވެސް ވަނީ ބުނެފައެވެ.

މިރޭ 22:00 އާ ހަމައަށް އިންޓަވިއުކުރުން ކުރިއަށް ގެންދާނެކަން ފާހަގަކޮށް އީސީ އިން ބުނީ މި އިންޓަވިއުތަކުގައި ގިނައީ އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދު ޒުވާނުން ކަމަށެވެ. މި އިންޓަވިއުތަކަށް ލިބޭ ތަރުހީބު ބޮޑުކަން ފާހަގަކޮށް އީސީ އިން ބުނީ އެންމެ ގިނައިން ފޯމު ހުށަހަޅާފައި ވަނީ އޮފިސަރުންނަށާއި ސީނިއާ އޮފިސަރުންގެ މަގާމަށް ކަމަށެވެ.

މައުޟޫޢުތަށް