ރާއްޖޭގެ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރަން ޗައިނާއިން އެހީވާނެ ކަމުގެ ޔަގީންކަން ދީފި

ދަޕްރެސް

31 އޯގަސްޓު 2025 | އާދިއްތަ | 10:57

ދިވެހިރާއްޖޭގެ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޗައިނާ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެ ގައުމުގެ ރައީސް ޝީ ޖިންޕިން ދެއްވައިފިއެވެ.

ޗައިނާ ރައީސްގެ ދައުވަތަކަށް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަނީ ޗައިނާގެ ރައީސްއާ ބައްދަލުކުރައްވާފައެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި އިގްތިސޯދީ ތަރައްގީ، ވިޔަފާރިއާއި އިންވެސްޓްމަންޓް، ސަލާމަތީ އެއްބާރުލުން އަދި 2 ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުން ފަދަ މުހިންމު ދާއިރާތަކުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ފުރިހަމަ އެއްބާރުލުން ޗައިނާއިން ދޭނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ރައީސް ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް