ޗައިނާގައި، ރައީސް މުއިއްޒުއާއި މޯދީ ބައްދަލު ކުރައްވައިފި
ދަޕްރެސް
31 އޯގަސްޓު 2025 | އާދިއްތަ | 6:46
ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރައްވައިފިއެވެ.
މޯދީ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެސްސީއޯ ސަމިޓްގެ ތެރެއިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވާފައިވާ ކަމަށާއި ރާއްޖެއާ އިންޑިއާ ދެމެދު އޮތް ގުޅުމުގެ ތެރެއިން ދެ ގައުމުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާކުރާނެ ކަމަށެވެ.
"އިންޑިއާއިން ރާއްޖެއަށް ދޭ ތަރައްގީގެ އެހީއަކީ، އަޅުގަނޑުމެންގެ ރައްޔިތުންނަށް ވަރަށް ފައިދާ ކުރާނެ" މޯދީ ހިއްސާ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.