ޗައިނާގެ ރައީސް ޝީ ދެއްވި ޖާފަތެއްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންފި
ދަޕްރެސް
31 އޯގަސްޓު 2025 | އާދިއްތަ | 7:09
ޗައިނާގައި ކުރިއަށް ދާ އެސްސީއޯ ސަމިޓަށް ވަޑައިގެންނެވި ގައުމުތަކުގެ ވެރިންގެ ޝަރަފުގައި ޗައިނާގެ ރައީސް ބޭއްވެވި ޖާފަތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ މި ހަރަކާތް ބާއްވާފައިވަނީ ޓިއަންޖިން މެއިޖިއަންގް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި ކަމަށެވެ. އަދި މިއީ ޗައިނާގެ ޓިއަންޖިންގައި ބާއްވާ ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި މަލްޓިލެޓަރަލް އެޖެންސީތަކުގެ ލީޑަރުން އަދި ޒިޔާރަތްކުރާ ގައުމުތަކާއި ސަރުކާރުގެ އިސްވެރިންގެ ޝަރަފުގައި ބޭއްވި މަރުހަބާގެ ޖާފަތެއް ކަމަށެވެ.
ރައީސް މުއިއްޒު މިހާރު ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ގެ ދައުވަތަކަށް، އެސްސީއޯ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.