ވިނަރެސް ޓަވަރުގައި ހުންނަ އެޗްޑީސީ ކަސްޓަމާ ކެއާ އޮފީހުންވެސް މިހާރު ބިލްތައް ދައްކާލެވޭނެ

ދަޕްރެސް

1 ސެޕްޓެމްބަރު 2025 | ހޯމަ | 10:37

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ޓަވަރު 6 ގައި ހުންނަ އެޗްޑީސީގެ ކަސްޓަމާ ކެއާ އޮފީސް މެދުވެރިކޮށް މިހާރު ބިލްތައް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އެޗްޑީސީން ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ވިނަރެސްގައި އެޗްޑީސީގެ އޮފީހެއް ހުޅުވީ މިދިޔަ މެއި މަހުއެވެ. މިއީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކޮށް، ފަސޭހައިން އެޗްޑީސީގެ ކަސްޓަމާ ކެއާ މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ މަގު ފަހިކުރުމަށް ގާއިމްކުރި އޮފީހެކެވެ. މި އޮފީސް ގާއިމްކޮށްފައި ވަނީ ވިނަރެސްގެ ހަވަނަ ޓަވަރުގެ އެއްވަނަ ފަންގިފިލާގައެވެ.

އެޗްޑީސީ އިން ބުނީ، ކަސްޓަމަރުންނަށް މައުލޫމާތު ސާފުކޮށް ދިނުމާއި، އެކި ކަހަލަ ފޯމު އެޕްލިކޭޝަންތަކާއި ފައިސާ ބަލައިގަތުމުގެ ހިދުމަތް ވެސް އެ އޮފީހުން ލިބޭނެ ކަމަށެވެ. ހަމައެއާއެކު މިހާރު ބިލުތަކަށް ފައިސާ ދެއްކުމުގެ ހިދުމަތް ވެސް އެ ތަނުން ލިބޭނެ ކަމަށެވެ. އެ އޮފީސް ހުޅުވިފައި ހުންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 02:00 އަށެވެ.

މައުޟޫޢުތަށް