ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކު ވަޅިން ހަމަލާދިން ބައްޕައަށް އައިޖީއެމްއެޗް އީއާރްގައި ފަރުވާ ދެނީ

ދަޕްރެސް

1 ސެޕްޓެމްބަރު 2025 | ހޯމަ | 12:20

ނުކުޅެދުންތެރިކަން ހުންނަ މީހަކު އޭނާގެ ބައްޕައަށް ހަމަލާ ދިން މައްސަލައިގައި އަނިޔާވި މީހާ އިތުރު ފަރުވާ އަށް މާލެ ގެނެސްފިއެވެ.

ފުލުހުން ބުނީ، އއ. އުކުޅަހުގައި ނަފުސާނީ ނުކުޅެދުންތެރިކަން ހުންނަ އުމުރުން 26 އަހަރުގެ ފިރިހެނަކު، އުމުރުން 60 އަހަރުން މައްޗަށް ގޮސްފައިވާ އޭނާގެ ބައްޕައަށް ތޫނު އެއްޗަކުން ހަމަލާ ދިން މައްސަލައެއް ރޭގެ 10:30 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އަނިޔާވި މީހާ އަށް އެ ރަށު ހެލްތު ސެންޓަރުގައި ރޭ ފަރުވާ ދިން ނަމަވެސް ފަހުން އިތުރު ފަރުވާއަށް ވަނީ މާލެއަށް ގެނެސްފައެވެ.

މައުޟޫޢުތަށް