ރާއްޖެއާއި ނޭޕާލާ ދެމެދު ތައުލީމް އަދި އިގްތިސާދީ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް މަޝްވަރާކޮށްފި
ދަޕްރެސް
1 ސެޕްޓެމްބަރު 2025 | ހޯމަ | 3:53
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ނޭޕާލްގެ ބޮޑުވަޒީރު ރައިޓް އޮނަރަބަލް ކޭޕީޝަރްމާ އޮލިއާ ބައްދަލުކުރައްވައިފިއެވެ.
ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގެ ހަވާސާގައި ބޭއްވި މިބައްދަލުވުން އޮތީ ޓިއާންޖިން މެއިޖިއާންގް ކޮންވެންޝަން ސެންޓަރުގައެވެ.
މިބައްދަލުވުމުގައި، ދެބޭފުޅުން ވަނީ ދެ ގައުމުގެ ބަދަހި ގުޅުމާއި ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވާފައެވެ. އަދި، ތައުލީމީ ދާއިރާއާއި، އިގްތިސާދު ސިންދަފާތުކުރުމާއި، ބައިނަލްއަގްވާމީ މަންސަތަކުގައި އެއްބާރުލުން ދިނުމާމެދުވެސް ދެބޭފުޅުންގެ މަޝްވަރާގައި އަލިއަޅުއްވާލައްވާފައިވެއެވެ.