ބީއެމްއެލް މާސްޓާކާޑުން ވިޔަފާރިކޮށްގެން އޮސްޓްރޭލިއަން އޯޕަން ފައިނަލް ބަލާލަން ދިއުމުގެ ފުރުސަތު!
ދަޕްރެސް
1 ސެޕްޓެމްބަރު 2025 | ހޯމަ | 4:08
ބީއެމްއެލް މާސްޓާކާޑުން ވިޔަފާރިކޮށްގެން އޮސްޓްރޭލިއަން އޯޕަން ފައިނަލް ބަލާލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް އުރީދޫ އިން ފަށައިފިއެވެ.
އުރީދޫ އިން ބުނީ އަންނަ އަހަރުގެ ޖެނުއަރީ 30 އިން ފެބްރުއަރީ 6 ގެ ނިޔަލަށް އޮސްޓްރޭލިއާއަށް ދިއުމުގެ ފުރުސަތު ނަސީބުވެރި 1 ކަސްޓަމަރަކަށް ލިބިގެންދާނެ ކަމަށާއި، ނަސީބުވެރި ކަސްޓަމަރަށް އިތުރު މީހަކާ އެކު 4 ދުވަހުގެ އޮސްޓްރޭލިއާ ދަތުރު ލިބިގެންދާނެ ކަމަށެވެ.
އުރީދޫ އިން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ޕްރޮމޯޝަންގެ މުއްދަތުގައި ކާޑުން 10،000 ރުފިޔާގެ މުއާމަލާތެއް މަހަކު ކުރަން ޖެހޭނެ ކަމަށެވެ.