ހުސްވި މަހު އެކަނިވެސް ވޭޕްގެ އެކި މައްސަލަތަކުގައި 30 މީހުން، 150،000ރ. އިން ޖޫރިމަނާކުރި!
ދަޕްރެސް
1 ސެޕްޓެމްބަރު 2025 | ހޯމަ | 4:18
ނިމިދިޔަ އޮގަސްޓް މަހު ވޭޕާއި ގުޅޭ އެކިއެކި މައްސަލަތަކުގައި، 150،000 ރުފިޔާގެ ޖޫރިމަނާ ކޮށްފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން މިއަދު އާންމު ކުރި ތަފާސް ހިސާބުތައް އެކުލަވާލާފައި ވަނީ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ. އެގޮތުން ވޭޕާއި ގުޅޭ އެކި މައްސަލަތަކުގައި 30 މީހަކު ޖޫރިމަނާ ކޮށްފައި ވާއިރު މި ޖޫރިމަނާތަކުގެ އަދަދު ޖުމްލަ 150،000 ރުފިޔާއަށް އަރައެވެ.
މިއީ ޖުލައި މަހާ އަޅާ ބަލާއިރު 32،000 ރުފިޔާގެ އިތުރު މިންވަރެކެވެ. ވޭޕްގެ މައްސަލަ ތަކާއި ގުޅިގެން ޖުލައި މަހު ޖޫރިމަނާކުރި އަދަދު 127،000 ރުފިޔާއަށް އަރައެވެ.