އަންނަ މަހުގެ 3 ވަނަ ދުވަހުން ފެށިގެން މާލޭގައި މުޒާހަރާކުރުމަށް، އެމްޑީޕީން ނިންމައިފި

ދަޕްރެސް

2 ސެޕްޓެމްބަރު 2025 | އަންގާރަ | 9:17

އިދިކޮޅު އެމްޑީޕީން އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ސިލްސިލާކޮށް މާލޭގައި މުޒާހަރާކުރުމަށް، އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ކުއްލި ޖަލްސާއެއް ބާއްވާފައި ވަނީ މަނަދޫ ދާއިރާގެ ރައީސް މުހައްމަދު ތޯރިގު ހުށަހެޅުއްވި ގަރާރަކާ ގުޅިގެންނެވެ.

މި ސަރުކާރުން އިގްތިސާދީ ގޮތުން އެޅި ދޯހަޅި ފިޔަވަޅުތަކާ އެކު ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް، ދިރިއުޅުމަށް ތަކުލީފުތައް ކުރިމަތިވަމުންދާކަމަށް ބުނެ ހުށަހެޅި ގަރާރުގައި އިތުރަށް ބުނީ ރައްޔިތުންގެ މަޖިލީހުގައި ތަޅު އަޅުވައި ސުޕްރީމް ކޯޓުން ފަނޑިޔާރުން ވަކިކުރުމާ، އަދުލު އިންސާފަށް މި ސަރުކާރުން އަރައިގަންނަމުންދާ ކަމަށެވެ. އަދި މިނިވަން މުއައްސަސާތައް ސަރުކާރުގެ ބާރުގެ ދަށަށް ގެންދިއުމާއި ލާމަރުކަޒީ ނިޒާމު ފުނޑާލައި ކައުންސިލުތަކުގެ ބާރު ކަނޑުވާލަން މަސައްކަތްކުރަމުންދާ ކަމަށް މި ގަރާރުގައި ބުނެފައިވެއެވެ.

މައުޟޫޢުތަށް