މީޑިއާގެ މިނިވަންކަން ނަގާލަން ކުރާ މަސައްކަތާ މެދު ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ: ސޯލިހް

ދަޕްރެސް

2 ސެޕްޓެމްބަރު 2025 | އަންގާރަ | 9:10

މީޑިއާގެ މިނިވަންކަން ނަގާލަން ސަރުކާރުން ކުރަމުންދާ މަސައްކަތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވަން އެމްޑީޕީން ނިކުންނަން ޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ސޯލިހް މިހެން ވިދާޅުވީ، ރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ބައްދަލުވުމެއްގައި ވަނީ އަންނަ ބުދަ ދުވަހުން ފެށިގެން މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދަން ފާސްކޮށްފަ =އެވެ. އަދި "ސަރުކާރު ހަމަ މަގަށް އެޅުވެންދެން" މި މުޒާހަރާތައް ހުއްޓާނުލައި ކުރިއަށް ގެންދަން ވެސް ވަނީ ފާސްކޮށްފަ

މި ގަރާރަށް ތާއީދު ކުރައްވާ ސޯލިހް ދެއްކެވި ވާހަކަފުޅުގައި ވަނީ މީޑިއާގެ މިނިވަން ކަން ނަގާލުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ސޯލިހު ވިދާޅުވީ، ސަރުކާރުން މަަސައްކަތް ކުރަނީ ސީދާ މިނިވަން ނޫސްވެރިކަން މަރާލަން ކަމަށެވެ. އަދި މީޑިއާތައް "މާރާލަންވީ ގޮތް" ވެސް ބައެއް މެންބަރުން ވިދާޅުވަމުންދާ ކަން ސޯލިހް ފާހަގަ ކުރެއްވިއެވެ.

މައުޟޫޢުތަށް