ކަނޑުގެ ދިރުންތަކާ ބެހޭ ދިރާސާތައް ކުރުމަށް ޗަމްޕާގެ ޖަވަކަރާގައި، ރިސާޗު ސެންޓަރެއް ހުޅުވައިފި
ދަޕްރެސް
2 ސެޕްޓެމްބަރު 2025 | އަންގާރަ | 9:47
ކަނޑުގެ ދިރުންތަކާ ބެހޭ ދިރާސާކުރަން ހާއްސަ މެރިން ރީސާޗް ސެންޓަރެއް، ކްރައުން އެންޑް ޗަމްޕާ އިން ޅ. އަތޮޅުގައި ހިންގަމުން އަންނަ ޖަވަކަރާ އައިލެންޑްސް މޯލްޑިވްސް ރިސޯޓުގައި ހުޅުވައިފިއެވެ.
އިއްޔެ އެ ރިސޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުއްވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމާ އާއި ހޯމް މިނިސްޓަރު އަލީ އިހުސާން ގެ އިތުރުން ޗަމްޕާ ބްރަދާސްގެ ވެރިޔާ މުހައްމަދު މޫސާ (އުއްޗު) އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ ތިމާވެއްޓާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގައި އަބަދުވެސް ސައިންސްގެ އަލީގައި ސިޔާސަތުތައް ކަނޑައެޅުމަށް އިސްކަންދޭ ކަމަށެވެ. އެހެން ނަމަވެސް، އަދިވެސް ހޯދިފައިނުވާ ގިނަ ކަންތައްތަކެއް ހުންނާނެކަން ފާހަގަކޮށް ތޯރިގު ވިދާޅުވީ ސައިންސްވެރިން ގެނެސް، މި ރީސާޗު ސެންޓަރުން ކުރާ މަސައްކަތުގެ އަލީގައި ވަށައިގެންވާ ވެއްޓާ ބެހޭގޮތުން ނޭނގި ހުރި ކަންތައްތަކެއް ހޯދި، އާންމު މަައުލޫމާތު މުއްސަނދި ކުރެވޭނެކަމަށެވެ.