ސިޔާސީ ޕާޓީތަކަށް 43.3 މިލިއަން ރުފިޔާ ދޫކޮށްފި، ޕީއެންސީއަށް 13.3 މިލިއަން ރުފިޔާ

ދަޕްރެސް

2 ސެޕްޓެމްބަރު 2025 | އަންގާރަ | 1:08

އިލެކްޝަން ކޮމިޝަން (އީސީ) ގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެންބަރުން ހަމަވި 5 ސިޔާސީ ޕާޓީއަކަށް 43.3 މިލިއަން ރުފިޔާ ޖަމާކުރުމަށް ބޭންކަތަކަށް ފޮނުވައިފިއެވެ.

އީސީއިން ބުނީ ފައިސާ ދޫކުރަނީ މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10،000 މެންބަރުން ހަމަވާ 5 ސިޔާސީ ޕާޓީއަށް ކަމަށެވެ. އަދި އެއީ އެ ޕާޓީއްގައި މެންބަރުން ތިބި ނިސްބަތުން ބޮލަކަށް 193.23 ރުފިޔާގެ މަގުން ކަމަށް އީސީއިން ވަނީ ބުނެފައެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޫކުރެވޭނީ ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 ޕަސެންޓް ފައިސާއެވެ.

މައުޟޫޢުތަށް