ފަލަސްތީނު ރައްޔިތުންނަށް އިންސާފާއި އިންސާނީ ކަރާމާތް ގާއިމުކޮށްދެއްވުމަށް ރައީސް ގޮވާލައްވައިފި

ދަޕްރެސް

2 ސެޕްޓެމްބަރު 2025 | އަންގާރަ | 3:49

ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފާއި، އިންސާނީ ކަރާމާތާއި، ސުލްހަ ގާއިމުކޮށްދިނުމަށް ވަކާލާތުކުރުމުގައި ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ފަދަ ޖަމާއަތްތަކާއި ގައުމުތަކުން ގުޅިގެން މަސައްކަތް ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރައީސް މިފަދައިން ގޮވާލެއްވީ ޗައިނާގެ ޓިއަންޖިންގައި މިއަދު ބޭއްވި "އެސްސީއޯ ޕްލަސް" ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މިއަހަރަކީ ރާއްޖޭގެ މިނިވަންކަމަށާއި އދ. ގެ މެންބަރެއްގެ ގޮތުގައި 60 އަހަރު ފާހަގަކުރާ އަހަރުކަމަށާއި، 1965ގައި ދިވެހިރާއްޖެއިން ވަކާލާތުކުރި ސުލްހައާއި، މަޝްވަރާއާއި، ޑިޕްލޮމަސީގެ އުސޫލުތަކަށް އަދިވެސް ވަކާލާތުކުރައްވަމުން ގެންދަވާނެކަމުގައި ވިދާޅުވިއެވެ.

މައުޟޫޢުތަށް