ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސެކްރެޓަރީންގެ މަގާމާ ގުޅޭ އާ އުސޫލެއް އެކުލަވާލައިފި

ދަޕްރެސް

2 ސެޕްޓެމްބަރު 2025 | އަންގާރަ | 6:34

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސެކްރެޓަރީންގެ މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތައް ކަނޑައެޅުމާއި، މަގާމަށް މީހުން ހޯދުމާއި އެސްއޯއީތަކުގެ ކުންފުނީގެ ސެކެޓްރީންގެ މަގާމާ ގުޅޭގޮތުން އާ އުސޫލެއް އެކުލަވާލައިފިއެވެ.

ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ފަރާތް ކަމަށްވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، މި އުސޫލު ފާސްކޮށްފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ ޖަލްސާގައި ކަމަށެވެ.

މިއީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ އުސޫލެއްކަމަށް ވެއެވެ.

މައުޟޫޢުތަށް