ފަތުރުވެރިކަމަށް ހާއްސަ 'ތިޖާރާ ރަށު ފަތުރު' ލޯނަށް ހުޅުވާލަނީ، 5 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދަޕްރެސް

2 ސެޕްޓެމްބަރު 2025 | އަންގާރަ | 9:27

ފަތުރުވެރިކަމަށް ހާއްސަކޮށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމައިފިއެވެ.

އެސްޑީއެފްސީން ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް އެކުލަވާލާފައިވާ ޝަރީއާ ހުއްދަ ކުރާ ލޯނު "ތިޖާރާ ރަށު ފަތުރު" އަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށެވެ.

މި ފައިނޭންސިންގެ ދަށުން 5،000،000 ރުފިޔާ އާ ހަމައަށް ލޯނު ދޫކުރުމަށް ނިންމާފައިވާއިރު ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލާ ދުވަހުން ފެށިގެން އެސްޑީއެފްސީގެ ކަސްޓަމާ ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.

މައުޟޫޢުތަށް