އެސްޑީއެފްސީ އިން ދޫކޮށްފައިވާ ލޯނުތަކުގެ 41 ޕަސެންޓަށް ގަވައިދުން ފައިސާ ދައްކާފައެއް ނުވޭ: އޮޑިޓް ރިޕޯޓު

ދަޕްރެސް

3 ސެޕްޓެމްބަރު 2025 | ބުދަ | 10:34

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކޮށްފައިވާ ލޯނުތަކުގެ 41 ޕަސެންޓަށް ގަވައިދުން ފައިސާ ނުލިބޭކަން، އޮޑިޓު ރިޕޯޓުތަކުން ދައްކައިފިއެވެ.

އެސްޑީއެފްސީގެ 2019-2023ގެ ކޮމްޕްލަޔަންސް އޮޑިޓެއް ހަދާފައިވާއިރު، އިއްޔެ އާންމުކޮށްފައިވާ އޮޑިޓް ރިޕޯޓުތަކުން 2023ގެ ނިޔަލަށް އެސްޑީއެފްސީގެ ރައުސްމާލުން 1،428 ފަރާތަކަށް ލޯނު ދޫކޮށްފައިވާކަމަށް ދައްކައެވެ.

އެގޮތުން 2023 ވަނަ އަހަރު ޖުމްލަ 1.574 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު އޭގެ ތެރެއިން 1.357 ބިލިއަން ރުފިޔާ ދައްކާފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ. 2023 ވަނަ އަހަރުގެ ނިޔަލަށް ލޯނަށް އަނބުރާ ދައްކަންޖެހޭ 554 މިލިއަން ރުފިޔާ އަކީ ނަން-ޕާފޯމިން އެސެޓުކަމުގައި ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން އެސްޑީއެފްސީ އިން ދޫކޮށްފައިވާ 878 މިލިއަން ރުފިޔާގެ ލޯނަށް މަހުން މަހަށް ދައްކަން ޖެހޭ ފައިސާ، މުއްދަތު ފާއިތުވިއިރުވެސް ދައްކާފައި ނުވާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން ދައްކަން ޖެހޭ 151 މިލިއަން ރުފިޔާ ނުލިބި އެބަހުރިކަމަށް އޮޑިޓް ރިޕޯޓުތަކުން ދައްކައެވެ.

މައުޟޫޢުތަށް