ޕުޓިން، ޝީ އަދި ކިމް ބައްދަލުވުމާއެކު ޓްރަމްޕް 'މޭކަރައިފި'، ވިދާޅުވީ އެމެރިކާއާ ދެކޮޅު ރޭވުމެއްކަމަށް!

ދަޕްރެސް

3 ސެޕްޓެމްބަރު 2025 | ބުދަ | 4:21

ޖަޕާނުގެ މައްޗަށް ކާމިޔާބު ހޯދިތާ 80 އަހަރު ފުރުން ފާހަގަ ކުރުމަށް ޗައިނާގައި ބޭއްވި މާސިންގާ ބޮޑު ޕެރޭޑާއެކު ރަޝިއާގެ ރައީސް ޕުޓިން އާއި އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގު އުން އަދި ޗައިނާގެ ޝީ ގެ ބައްދަލުވުމާއެކު ޓްރަމްޕް ކަންބޮޑުވެވަޑައިގެންފިއެވެ.

އެ 3 ވެރިންގެ ބައްދަލުވުމާ ގުޅިގެން ޝުއޫރު ފާޅުކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ޕުޓިން އާއި ކިމް އަށް ވެދުން ދެންނެވުމަށާއި އެމެރިކާ އާ ދެކޮޅު ރޭވުމެއް 'ކަލޭމެން' ރާވަނީ ކަމަށެވެ. އެކަމުގައި ޗައިނާގެ ނަމެއް ޕުޓިން ވިދާޅެއް ނުވެއެވެ.

ޓްރަމްޕްވެ ވާހަކައަށް ރައްދު ދެއްވަމުން ކްރެމްލިންގެ އޮފިޝަލަކު ވިދާޅުވީ، އެއީ އެއިން ލީޑަރެއްގެ ހިތްޕުޅަށް އަރާވަޑައިގެންނެވި ކަމެއްވެސް ނޫން ކަމަށާއި އެމެެރިކާ އާ ދެކޮޅު ރޭވުމެއް ނުރާވާ ކަމަށެވެ.

މައުޟޫޢުތަށް