ތިނަދޫގައި އިމާރާތް ކުރަމުންދާ 200 ރޯ ހައުސްއަށް ކުރިމަތިލުމުގެ ފުރުސަތު އާދިއްތަ ދުވަހު ހުޅުވާލަނީ
ދަޕްރެސް
4 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 7:42
ގދ. ތިނަދޫގައި ސަރުކާރުން އިމާރާތް ކުރަމުންދާ 200 ހައުސިން ޔުނިޓަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
މިއީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، ސިއެރާ ކޮންސްޓްރަކްޝަން އާއި ސްޓަ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗާ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއާއި ގުޅިގެން ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މި ހިނގާ ސެޕްޓެމްބަރު މަހު 7 ވަނަ ދުވަހު ހެނދުނު 9:00 އިން ފެށިގެން ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ރޭ 23:59 އާ ހަމައަށް ރޯހައުސްއަށް އެދި މިނިސްޓްރީގެ ހިޔާވެހި ޕޯޓަލް ... މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.