ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އިންވަކިކުރުމުގެ މަސައްކަތް ފަށައިފި

ދަޕްރެސް

4 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 10:28

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އިންވަކިކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހައުސިން މިނިސްޓްރީއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބިންވެރިޔާ ސްކީމްގެދަށުން، ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ސާފުކޮށް، އިންވަކިކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ.

ގުޅިފަޅުގެ ލޭންޑްޔޫސް ޕްލޭންގެ ގެނައި ބަދަލާ ގުޅިގެން ގޯތީގެ ލޮކޭޝަން ބަދަލުވި މީހުންނަށް އާ ރަޖިސްޓްރީއާ ހަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީއިން އަންނަނީ ކުރަމުންނެވެ.

މައުޟޫޢުތަށް