ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސް މުއިއްޒު މާލެ ވަޑައިގެންފި

ދަޕްރެސް

4 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 4:23

ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒުގެ މި ދަތުރުފުޅުގެ ސަބަބުން ޗައިނާއާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ވެ، ދެ ގައުމުގެ ދެމެދު ގިނަ އެއްބަސްވުންތަކެއްގައިވެސް ސޮއި ކުރެވިގެން ގޮސްފައިވާ ކަމަށެވެ. ރައީސްގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ ދައުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސްގެ މި ދަތުރުފުޅުގައި ރާއްޖެއާއި ޗައިނާއާދެމެދު އެކިދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މުހިންމު 11 ފަހުމުނާމާއެއްގައި ސޮއިކުރެވިފައިވެއެވެ.

މައުޟޫޢުތަށް