ނޫސްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ފަލާހް ގޮވާލެއްވީ މީޑިއާ ވެރިންގެ މާލީ ބަޔާން ހާމަކުރަން އުސޫލު ބަދަލު ކުރަން

ދަޕްރެސް

4 ސެޕްޓެމްބަރު 2025 | ބުރާސްފަތި | 4:31

މީޑިއާތަކާއި މީޑިއާތަކުގެ ވެރިންގެ މާލީ ބަޔާން އާންމު ކުރަން ހުށަހަޅަންޖެހޭގޮތަށް މީޑިއާބިލްގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވާހަކަ ދައްކަވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތަކާ ގުޅޭ ހަބަރުތައް އެކި މީޑިއާތަކުން ގެނެސްދެމުންދާ މި ދަނޑިވަޅުގައި ފަލާހް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމުގެ އަމަން އަމާންކަމާ ސުލްހައަށްލޯބިކޮށް ތެދު ހަބަރާ މައުލޫމާތު ހަގީގަތާއި އެއްގޮތަށް ގެނެސްދޭ ރައްޔިތުންގެ އިތުބާރުލިބިފައިވަނީ އެންމެ 4 ނޫހެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ނޫސްތަކެއް ކަމެއް ފަލާހު ހާމަ ކުރައްވާފައި ނުވެއެވެ.

އަދި އެއްވެސް ބަލައިލުމެއް ނެތި ދޮގު ހަބަރު ފެތުރުމަކީ ވަރަށް ނުބައިކަމެއް ކަމަށާއި އެކަމުގެ ސަބަބުން އާއިލާތައް ރޫޅި ކުށެއް ނެތް އެތައް ބައެއްގެ ވަޒީފާތައް ގެއްލިގެންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މައުޟޫޢުތަށް