މާލީ ބަޔާން ހުށަނާޅާ 5 މެންބަރުންނަށް މަޖިލީހުން ނޯޓިސް ދީފި
ދަޕްރެސް
5 ސެޕްޓެމްބަރު 2025 | ހުކުރު | 9:07
މި ނިމުނު އަހަރުގެ މާލީ ބަޔާން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުށަހަޅަން ޖެހޭ މުއްދަތު ފާއިތުވެގެން ދިޔަ އިރު، މާލީ ބަޔާން ހުށަހަޅާފައިނުވާ 5 މެމްބަރުންނަށް މަޖިލީހުން ނޯޓިސް ދީފިއެވެ.
މަޖިލީހުގެ މީޑިއާ އޮފިސަރު އަހުމަދު މާން އަސްއަދު ވިދާޅުވީ މި މަހު 15 ގެ ކުރިން މާލީ ބަޔާން ހުށަހެޅުމަށް އެ މެންބަރުންނަށް އަންގައި މި މަހުގެ 1، ގައި ނޯޓިސް ދީފައިވާ ކަމަށެވެ.
މާލީ ބަޔާން ހުށަހަޅަން ޖެހޭ ސުންގަޑި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހަމަވެފައިވާއިރު، މަޖިލީހަށް މާލީ ބަޔާން ހުށަހެޅުއްވީ 88 މެންބަރުންނެވެ. މާލީ ބަޔާން ހުށަނާޅާ 5 މެމްބަރުންނަކީ: