ޕިކަޕެއް ފުރޮޅާލައި ބްރިޖް ހައިވޭގައި އެކްސިޑެންޓެއް ހިނގައިފި

ދަޕްރެސް

5 ސެޕްޓެމްބަރު 2025 | ހުކުރު | 3:48

ޕިކަޕެއް ފުރޮޅާލައި ބްރިޖް ހައިވޭގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގާފައި ވަނީ ހައިވޭއިން ދަތުރުކުރި ޕިކަޕެއްގެ ފުރޮޅު ފަޅައިގެންގޮސް ޑިވައިޑާއެއްގައި ޖެހި ޕިކަޕެއް ފުރޮޅާލައިގެން ކަމަށެވެ.

އެ އެކްސިޑެންޓުގެ މައްސަލަ މިއަދު މެންދުރު 12:40 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.

މައުޟޫޢުތަށް