އައްބާސްގެ މާލީ ބަޔާނުގައި އޮތީ މަކަރާއި އޮޅުވާލުން ކަމަށް ބުނެ މަންޑޭ ކުރު ދޮށިން ދީފި!

ދަޕްރެސް

5 ސެޕްޓެމްބަރު 2025 | ހުކުރު | 5:42

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްގެ މާލީ ބަޔާނުގައި އޭނާގެ ހުންނެވި ވިޔަފާރި ކުންފުނިތަކުގެ ހިއްސާތައް ހިމަނާފައި ނުވަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު (މަންޑޭ) ވިދާޅުވެއްޖެއެވެ.

މާލީ ބަޔާން ހުށަހަޅަން ޖެހޭ ސުންގަޑި މިދިޔަ ބުރާސްފަތި ދުވަހަށް ހަމަވިއިރު މާލީ ބަޔާންތަކުން ހާމަވި ގޮތުގައި ބައެއް މެންބަރުންނަށް ލައްކައިން ހަދިޔާ ލިބިވަޑައިގެންފައިވީއިރު އަނެއްބައި މެންބަރުންގެ އެކައުންޓުގައި ލޯ ލާރިއެއް ވެސް ނެތެވެ.

އެގޮތުން ގިނަ ވިޔަފާރިތަކެއްގެ ހިއްސާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްގެ މާލީ ބަޔާނުގައިވެސް އޭނާއަށް އާމްދަނީގެ ގޮތުގައި ލިބިވަޑައިގަތީ މަޖިލީހުގެ މެންބަރުކަމުގެ މުސާރަ އެކަންޏެވެ. މުސާރައިގެ ގޮތުގައި 927،532ރ. ލިބިވަޑައިގެންނެވިއިރު ބިމު ކުއްޔާއި ވިޔަފާރި ނަފާ އަދި ހިއްސާތަކުން އެއްވެސް ފައިސާއެއް ނެތެވެ. އަދި ހަމަ އެހެންމެ މުދަލާއި ވިޔަފާރި ހިއްސާތަކާއި ވިޔަފާރީގެ ގޮތުގައި ވެސް އެއްވެސް އެއްޗެއް ނެތެވެ.

މައުޟޫޢުތަށް