މާސްޓާސް ހަދަމުންދަނިކޮށް ޖަޕާނުގައި ނިޔާވި ލުޖައިނާގެ ހަށިގަނޑު މާލެ ގެނެސްފި
ދަޕްރެސް
6 ސެޕްޓެމްބަރު 2025 | ހޮނިހިރު | 10:43
ސްކޮލާޝިޕެއްގެ ދަށުން ޖަޕާނުގައި މާސްޓާސް ހަދަމުންދަނިކޮށް ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.
ނިޔާވެފައިވަނީ ބ. ތުޅާދޫ، ކާނިމާގެ، ލުޖައިނާ ތަސްނީމާ، 29، އެވެ. ލުޖައިނާ ނިޔާވެފައިވަނީ ކޯސް ފުރިހަމަކުރުމަށްފަހު މި މަހު ރާއްޖެ އައުމަށް ތައްޔާރުވަމުން ދަނިކޮށެވެ.
ލުޖައިނާ ނިޔާވެފައި އޮއްވާ ފެނިފައިވަނީ އާއިލާއަށް ވެސް އޭނާއާ ނުގުޅޭތާ ދެ ދުވަސް ފަހުން އޭނާ ދިރިއުޅޭ ކޮޓަރީގައި ހަބަރު ހުސްވެފައި އޮއްވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.