ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ހައްޔަރު ކުރި 3 މީހުންގެ ފޮޓޯ އާންމުކޮށްފި
ދަޕްރެސް
6 ސެޕްޓެމްބަރު 2025 | ހޮނިހިރު | 10:53
މާލޭގައި ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި 3 މީހުންގެ ފޮޓޯ މިއަދު އާންމުކޮށްފިއެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ހެންވޭރުގައި ހުރި ގެއެއް މިދިޔަ ބުދަ ދުވަހު ބަލާ ފާސްކޮށްފައިވާކަމަށާއި، މި އޮޕަރޭޝަނުގެ ތެރެއިން ތޫނު ހަތިޔާރު ފެނިފައިވާ ކަމަށެވެ. ފުލުހުން ވަނީ މި ތަނަކީ ނުރައްކާތެރި ކުށްކުރުމަށް ރާވާ އެފަދަ ކުށްތައް ކުރުމަށް ބޭނުންކުރާ ހަތިޔާރާއި އާލާތްތައް ރައްކާކުރާ ސޭފްހައުސްއެއްގެ ގޮތުގައި ބޭނުންކުރާ ތަނެއް ކަމުގައި ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މއ. މޯނިންވިޔު އުމުރުން 30 އަހަރުގެ އަހްމަދު ނަވާޒް އަދި އެގޭ އުމުރުން 22 އަހަރުގެ އިބްރާހިމް ޒައިދާންގެ އިތުރުން ލ. މާބައިދޫ އުމުރުން 22 އަހަރުގެ މުހައްމަދު ޝިދާދް އެވެ.