އައްޑޫގައި ކޭބަލެއް ބުރިކުރަން އުޅުން މީހަކު ކަރަންޓުގައި ޖެހި ވަރަށް ބޮޑަށް ފިހިއްޖެ

ދަޕްރެސް

6 ސެޕްޓެމްބަރު 2025 | ހޮނިހިރު | 1:13

އައްޑޫ ސިޓީ ފޭދޫގައި ކޭބަލެއް ބުރިކުރަން އުޅުން މީހަކު ކަރަންޓުގައި ޖެހި ވަރަށް ބޮޑަށް ފިހިއްޖެއެވެ.

މި ހާދިސާ އާއި ގުޅިގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ނިޝާޒާ އަބްދުﷲ ވިދާޅުވީ މި ހާދިސާގައި ފިހިފައިވަނީ އުމުރުން 33 އަހަރުގެ މީހެއް ކަމަށެވެ. ފިހުނު މީހާގެ ފުރާނައަށް ނުރައްކަލެއް ނެތްކަން ފާހަގަކޮށް ނިޝާޒާ ވިދާޅުވީ ކަނާތާއި ވާތުފައި ފިހުމުން ޓެސްޓުތަކެއް ހަދަމުންދާ ކަމަށާއި އިތުރު ފަރުވާއަށް މާލެ ފޮނުވަން ނިންމާނީ އެޔަށް ފަހު ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު ކަމަށްވާއިރު، މި ހާދިސާއާއި ގުޅިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކުން ދަންވަރު 2 ގަޑިއެއްހާއިރަށް ކަރަންޓު ވަނީ ކެނޑިފައެވެ.

މައުޟޫޢުތަށް