ނޭޕާލުގައި ފޭސްބުކް އާއި އެކްސް އަދި ޔޫޓިއުބު ހިމެނޭ ގޮތަށް 23 އެޕްލިކޭޝަނެއް މަނާކޮށްފި
ދަޕްރެސް
6 ސެޕްޓެމްބަރު 2025 | ހޮނިހިރު | 3:42
ނޭޕާލުގައި ފޭސްބުކް އާއި އެކްސް އަދި ޔޫޓިއުބު ހިމެނޭ ގޮތަށް 23 އެޕްލިކޭޝަނެއް ބޭންކޮށްފިއެވެ.
ނޭޕާލުގައި ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމުތައް ބްލޮކް ކުރުމަށް ނިންމާފައިވަނީ އެގައުމުގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީސް ގައި ހުރިހާ ސޯޝަލް މީޑިއާ ޕްލެޓް ފޯމުތަކެއް ރަޖިސްޓާ ކުރުމަށް ދިން 7 ދުވަހުގެ މުހުލަތު ހަމަވި އިރު، ރަޖިސްޓްރީކޮށްފައި ނުވާ އެޕްލިކޭޝަންތައް ކަމަށް އެ ގައުމުގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.
އެގޮތުން ނޭޕާލުގައި ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ފޭސްބުކް، އެކްސް. ޔޫޓިއުބު، ޕިންޓްރެސްޓް، ލިންކްއިން، އިންސްޓަގްރާމް، ސްނެޕްޗެޓްގެ އިތުރުން ވަޓްސްއެޕް ވަނީ ބޭންކޮށްފައެވެ.