ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހާލަތު ރަނގަޅުކުރުމުގެ މަސައްކަތް އެމްއޭސީއެލްއިން ފަށައިފި

ދަޕްރެސް

7 ސެޕްޓެމްބަރު 2025 | އާދިއްތަ | 10:56

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހަވާލުވެފައިވާ ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ހާލަތު ދެނެގަނެ, އެއާޕޯޓުތައް ހަރުދަނާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއޭސީއެލްއިން ފާހަގަކޮށްފައިވާ ގޮތުގައި މިއީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އިސްކޮށް ހުންނަވައިގެން ފެއްޓެވި މަސައްކަތެކެވެ.

އެގޮތުން މި މަސައްކަތުގެ ދަށުން އެމްއޭސީއެލް އިން އަލަށް ހަވާލުވެފައިވާ 9 ޑޮމެސްޓިކް އެއާޕޯޓަށް ކުންފުނީގެ އެކްސްކޯގެ ބޭފުޅުންނާއި ޓެކްނިކަލް ޓީމުން ޒިޔާރަތްކޮށް, އެއާޕޯޓްތަކުގެ ހާލަތު ބަލައި ދެނެގަނެ, ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ފާހަގަކުރާނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

މައުޟޫޢުތަށް