ފަޅު ކޮނުމުގެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ނަޝީދު ގޮވާލެއްވީ ހަނިފަރު ފަޅު ހިމާޔަތްކުރުމަށް
ދަޕްރެސް
7 ސެޕްޓެމްބަރު 2025 | އާދިއްތަ | 4:46
ބ. ދޮންފަނު ކައިރީ އޮންނަ ހަނިފަރު ފަޅަކީ ފަތުރުވެރިކަން ތިޔާގި ސަރަހައްދެއް ކަމަށާއި، މިހާރު ހުށަހަޅާފައިވާ ފަޅު ކޮނުމުގެ މަޝްރޫގެ ސަބަބުން ހަނިފަރު ފަޅު ހަލާކުވެގެން ގޮސްދާނެ ކަމުގެ ބިރުބޮޑު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ދޮންފަނުގެ ބިން ހިއްކަން ނިންމި އިރު އޭގެ އަސަރުތަކެއް މި ފަޅަށް ކުރާނެ ކަމަށާއި، މިކަމުގެ ސަބަބުން ދޮންފަނު ރައްޔިތުންނަށް ފަތުރުވެރިކަމުގެ ޒަރީއާއިން ލިބެމުން އައި ނަފާވެސް ގެއްލިގެންދާނެ ކަމަށެވެ. ފަތުރުވެރިކަމަކީ ރާއްޖޭގެ މައި ލޭނާރުކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ހަނިފަރު ފަޅަށް ގެއްލުން ލިބޭފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ.
ހަނިފަރު ފަޅަކީ ފެހުރިއްސާއި އެކި ވައްތަރުގެ މަޑީގެ އިތުރުން މަންޓާވެސް އަންނަ ތަނެކެވެ. މިތަނުގެ ގުދުރަތީ ރީތި ދިރުންތައް ބަލާލުމަށް އަހަރެއްގެ މައްޗަށް އެތައް ސަތޭކަ ފަތުރުވެރިންނެއް އާދެއެވެ.