ސިވިލް މުވައްޒަފުން ހިދުމަތުގެ މުއްދަތު ގުނާ ގޮތަށް ގެނައި ބަދަލު ބާތިލްކޮށް، އަލުން މަޝްވަރާ ކުރަނީ
ދަޕްރެސް
7 ސެޕްޓެމްބަރު 2025 | އާދިއްތަ | 5:01
ސިވިލް ސާވިސް މުވައްޒަފުން ރިޓަޔާކުރާއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރި މުއްދަތު ހިމަނަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ނިންމި ނިންމުން ބާތިލްކޮށް، އަލުން މަޝްވަރާކުރުމަށް ނިންމައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސީއެސްސީން ނެރުނު ސާކިއުލާގައި ވަނީ، ވަޒީފާއިން މުސްކުޅި ކުރާއިރު، ހިދުމަތުގެ މުއްދަތު ގުނުމުގައި ސަރުކާރުގައި ހިދުމަތްކޮށްފައިވާ މުއްދަތުގެ ތެރެއިން ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުނިތަކާއި ސިވިލް ސާވިސްގައި ނުހިމެނޭ ދައުލަތުގެ އެހެން އިދާރާތަކުގައި ހިދުމަތްކޮށްފައިވާ މުއްދަތު ހިމަނަން ނިންމާފައެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި ދައުލަތުގެ އެހެން މުއައްސަސާތަކުގެ ގޮތުގައި ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުނިތައްވެސް ހިމެނޭނެ ކަމަށެވެ.