މަރަދޫފޭދުއަށް ނަގޫރޯޅިއެއް އަރައި، 6 ގެއަކަށް ގެއްލުންވެއްޖެ
ދަޕްރެސް
8 ސެޕްޓެމްބަރު 2025 | ހޯމަ | 11:19
އައްޑޫ ސިޓީ، މަރަދޫފޭދުއަށް ނަގޫރޯޅިއެއް އަރައި ބައެއް ގެތަކަށް އެކިވަރުގެ ގެއްލުންވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރަދޫފޭދުއަށް ނަގޫރޯޅި އަރާފައި ވަނީ މިއަދު ހެނދުނު 8:30 އާ 9:00 އާ ދެމެދުގެ ވަގުތެއްގައެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ މިއަދު އައްޑޫ ސިޓީ މަރަދޫފޭދުއަށް ނަގޫ ރޯޅިއެއް އަރައި 6 ގެއަކަށް ގެެއްލުން ވެފައިވާ ކަމަށެވެ. ގެއްލުން ލިބުނު 6 ގެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލާއި ގުޅިގެން އެންޑީއެމްއޭ ކުރަމުންދާ ކަމަށް ވެސް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.