ހުޅުމާލެ ރަށު މާރުކޭޓުން 5 ގޮޅި ކުއްޔަށް ދޫކުރަނީ، ސުންގަޑި މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް

ދަޕްރެސް

8 ސެޕްޓެމްބަރު 2025 | ހޯމަ | 8:41

ހުޅުމާލެ ރަށު މާރުކެޓުން ގޮޅި ކުއްޔަށް ހިފުމުގެ ފުރުސަތު، ހައުންސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުވާލައިފިއެވެ.

އެ ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ރަށު މާރުކޭޓުން ގޮޅި ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ކުއްޔަށް ހިފާ ފަރާތެއް ހޮވާނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރު ނަގައިގެން ކަމަށް އެޗްޑީސީން ބުނެއެވެ.

ކުއްޔަށް ނެގުމަށް އެދޭ ފަރާތްތަކުން ހުށަހަޅާ ފޯމު އެ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެއެވެ. ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވަނީ މާދަމާ ހެނދުނު 08:30 އިން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ 15:30ގެ ނިޔަލަށެވެ. އަދި ގޮޅި ކުއްޔަށް ނެގުމަށް އެދި ހުށަހަޅާ ފޯމް ބަލައިގަންނާނީ ހަމައެކަނި އީމެއިލް ([ ]) ޒަރިއްޔާއިން ކަމަށް ވެސް އެޗްޑީސީން ވަނީ މައުލޫމާތު ދީފައެވެ.

މައުޟޫޢުތަށް