އަންނަ އަހަރުން ފެށިގެން މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ބިލުކުރާނީ ޑޮމެސްޓިކް ރޭޓުން: ރައީސް

ދަޕްރެސް

8 ސެޕްޓެމްބަރު 2025 | ހޯމަ | 7:38

އަންނަ އަހަރުން ފެށިގެން މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ޑޮމެސްޓިކް ރޭޓުން ބިލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިފަދައިން ނިންމީ ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްގީ ކުރުމަށް ކަމަށާއި، އެގޮތުން އަންނަ އަހަރުގެ ޖެނުއަރީ 1 ފެށިގެން ރާއްޖޭގެ ހުރިހާ ސިޓިތަކާއި ރަށްރަށުގައި މަގުތަކާއި އާންމު ތަންތަން ދިއްލުމަށް ބިލު ކުރާނީ ޑޮމެސްޓިކް ރޭޓުން ކަމަށެވެ.

ރައީސް ވިދާޅުވީ މި ބަދަލާއެެކު ރަށްރަށުގެ މުނިސިޕަލް އެހެން ހިދުމަތްތަކަށް ހަރަދު ކުރަން ލިބޭ އަދަދު ބޮޑުވެގެންދާނެ ކަމަށެވެ.

މައުޟޫޢުތަށް