މާލެއިން ކުއްޔަށް ދޫކޮށްފައިހުރި ޕާކިން ސްލޮޓްތައް އާންމުންނަށް ހުޅުވާލަން ޓްރާންސްޕޯޓުން އަންގައިފި
ދަޕްރެސް
8 ސެޕްޓެމްބަރު 2025 | ހޯމަ | 8:21
މާލެއިން ކުއްޔަށް ދޫކޮށްފައިހުރި ޕާކިން ސްލޮޓްތައް ކެންސަލްކޮށް އެތަންތަން އާންމުންނަށް ހުޅުވާލަން ޓްރާންސްޕޯޓް މިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް އަންގައިފިއެވެ.
މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މި މަހުގެ ނިޔަލަށް ހަމަވާގޮތަށް ކުއްޔަށް ދޫކޮށްފައި ހުރި ހުރިހާ ޕާކިން ތަކުގެ މުއްދަތު އިތުރު ނުކުރުމަށާއި، މާލޭ މަގުމަތިން ދޫކޮށްފައި ހުރި ޖާގަތަކުގެ މުއްދަތު ހަމަވުމުން، އެ ޖާގަތައް ވެސް ޕާކިންއަށް ދޫނުކުރުމަށް ސިޓީ ކައުންސިލަށް އަންގާފައިވާކަމަށެވެ.
އަދި އެތަންތަން އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ދޫކުރަން ނިންމާފައިވާކަން ހާމަކޮށް އާޒިމް ވިދާޅުވީ ހަތަރު ފުރޮޅުލީ ހުރިހާ ޕާކިން ތަކަކީ އެންމެންގެ ތަންތަން ކަމަށެވެ. އަދި އެކަން އިއުލާނުކުރާނެ ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.