ދޮންފަނުގެ ރައްޔިތުން އެދިގެން އެރަށު ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމައިފި
ދަޕްރެސް
9 ސެޕްޓެމްބަރު 2025 | އަންގާރަ | 11:17
ބ. ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދޮންފަނުގެ ބިން ނުހިއްކަން ނިންމަވާފައިވާކަން ރައީސް ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިދިޔަ އޮގަސްޓުމަހު ރައީސް ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދޮންފަނަށް ވަޑައިގެން އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއުގައި ވަނީ ސޮއިކޮށްފައެވެ. އެ މަޝްރޫއުގެ ސަބަބުން ބ.އަތޮޅުގެ ބަޔޯސްފިއާ ރިޒާވްގައި ހިމެނޭ ހަނިފަރު ބޭ، ހަލާކުވެދާނެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ވަނީ ފާޅުކޮށްފައެވެ.