ވޯޓު ނެގުން އަވަސްކުރުމުގެ ބާރު އީސީއަށް ދީ އާންމު ވޯޓު ނެގުމުގެ ބިލު ކޮމިޓީއިން ފާސްކޮށްފި

ދަޕްރެސް

9 ސެޕްޓެމްބަރު 2025 | އަންގާރަ | 1:03

ރާއްޖޭގެ ވަކި ސަރަހައްދެއްގެ ރައްޔިތުންނާ ގުޅުންހުރި ކަމެއްގައި އެ ސަރަހައްދެއްގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓު ނެގުން އަވަސްކުރުމުގެ އިހްތިޔާރު އިލެކްޝަން ކޮމިޝަން (އީސީ)އަށްދީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ކޮމިޓީއިން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލަވުމުގައި ވަނީ އެ ބިލަށް އިސްލާހުތަކެއް ހުށަހަޅާފައިވެއެވެ.

މިއަދު ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން މި އިސްލާހުތައް ގެނައުމަށް ވަނީ ފާސްކޮށްފައެވެ.

މައުޟޫޢުތަށް