ސޯޝަލްމީޑިއާ މަނާކުރި މައްސަލަ ހޫނުވެ ނޭޕާލްގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

ދަޕްރެސް

9 ސެޕްޓެމްބަރު 2025 | އަންގާރަ | 2:48

ނޭޕާލުގައި ސޯޝަލްމީޑިއާގެ ޕްލެތްފޯމްތައް މަނާކުރުމުން ޒުވާނުން މަގުތަކަށް ނިކުމެ ކުރަމުންދިޔަ މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކާ ކުރިމަތިލުން ހިނގައި، 19 މީހަކު މަރުވި ހާދިސާއަށް ފަހު ބޮޑުވަޒީރު ޚަދުޖާ ޕްރަސާދު ޝަރުމާ އޮލީ އިސްތިއުފާ ދެއްވައިފިއެވެ.

މުޒާހަރާ ކުރަމުން ދަނީ ޒުވާނުން ނުވަތަ 'ޖެން ޒީ' އެވެ. ގިނަ އަދަދެއްގެ ޒުވާނުން މަގުތަކަށް ނިކުމެ ސަލާމަތީ ބާރުތަކާ ކުރިމަތިލަމުން ދާ އިރު، ސިޔާސީ އެކިއެކި ފަރާތްތަކުގެ ގެދޮރަށް ގެއްލުން ދިނުމާއި އެންމެ ބޮޑު ސިޔާސީ ޕާޓީ، ނޭޕާލީ ކޮންގްރެސް ގެ އިމާރާތަށް ވެސް ވަނީ ގެއްލުން ދީފައެވެ.

މީގެ އިތުރުން ވެހިކަލްތަކުގައި ހުޅުޖެހުމާއި ބައެއް އެހެން އިމާރާތްތަކުގައި ވެސް އަލިފާން ރޯކޮށްފައި ވެއެވެ. އަދި ސަލާމަތީ ބާރުތަކާ ކުރިމަތިލުމަށް އޮއްގަލާއި، ލަޓިބުރި ފަދަ ތަކެތި ބޭނުން ކޮށްފައި ވާ އިރު، ސަލާމަތީ ބާރުތަކުން ވަނީ، ކަރުނަ ގޭހާއި އެނޫންވެސް އާލާތްތައް ބޭނުންކޮށްފައެވެ.

މައުޟޫޢުތަށް