އެފްއޭއެމް ހިޔާނަތް: ވަކީލަކު ހަމަޖައްސަން ކްރިމިނަލް ކޯޓުން ބައްސާމަށް 10 ދުވަސް ދީފި
ދަޕްރެސް
9 ސެޕްޓެމްބަރު 2025 | އަންގާރަ | 3:14
އެފްއޭއެމްގެ ހިޔާނާތާ ގުޅިގެން ކުރިއަށްދާ މައްސަލައިގައި ވަކީލަކު ހަމަޖެއްސުމަށް ކްރިމިނަލް ކޯޓުން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް، ބައްސާމް އަދީލް ޖަލީލަށް 10 ދުވަސް ދީފިއެވެ.
މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ބައްސާމް ވަނީ ވަކީލަކު ހޯދުމަށް ކުރާ މަސައްކަތް އަދި ކާމިޔާބު ނުވާކަން ފާހަގަކޮށް އިތުރު މުއްދަތެއް ދިނުމަށް އެދިފައެވެ. މިކަމާ ގުޅިގެން ކޯޓުން ވަނީ އިތުރު 10 ދުވަސް ބައްސާމަށް ދޭން ނިންމާފައެވެ.
އެފްއޭއެމްގެ ފައިސާ ބޭނުންކޮށް، އަމީން އެވެނިއު އެޕާޓްމެންޓެއް ގަތް މައްސަލައިގެ އަޑު އެހުން މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ވަނީ ބައްސާމްގެ މައްޗަށް ދެ ދައުވާއެއް އުފުލާފައެވެ.