ބޭސް ލިބުމުގެ ދަތިކަން ހައްލުކުރަން ސަރުކާރުން ހާއްސަ ކުންފުންޏެއް އުފައްދައިފި

ދަޕްރެސް

9 ސެޕްޓެމްބަރު 2025 | އަންގާރަ | 3:33

ރާއްޖެ އަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ހާއްސަ ކުންފުންޏެއް ސަރުކާރުން އުފައްދައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް މުއިއްޒު މިއަދު އުފައްދަވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްގެ އިތުރުން މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމާއެކު އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުގެ މަސައްކަތް ކުރުމަށް އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ.

މައުޟޫޢުތަށް