ނޯޓިސް ދިން 5 މެންބަރުން މާލީ ބަޔާން ހުށަހަޅައިފި
ދަޕްރެސް
9 ސެޕްޓެމްބަރު 2025 | އަންގާރަ | 4:03
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މުއްދަތު ފަހަނައަޅާ ދިޔައިރުވެސް މަޖިލީހަށް ހުށަހަޅަންޖެހޭ މާލީ ބަޔާން ހުށަނާޅާ ފަސް މެންބަރުންނަށް ނޯޓިސް ދިނުމުން މާލީ ބަޔާން ހުށަހަޅައިފިއެވެ.
މާލީ ބަޔާން ހުށަހަޅަން ޖެހޭ ސުންގަޑި ހަމަވެފައި ވަނީ ހުސްވި މަހުގެ ނިޔަަލަށެވެ. އެ މުއްދަތު ހަމަވިއިރު ވެސް މާލީ ބަޔާން ހުށަނާޅުއްވާ 5 މެންބަރުން ތިއްބެވިއިރު އެ މެންބަރުންނަށް މަޖިލީހުން ވަނީ 15 ދުވަހުގެ ތެރޭގައި އެ ބަޔާން ހުށަހެޅުމަށް ނޯޓިހެއް ދީފައެވެ.
މި ފަސް މެންބަރުންގެ ވެސް މާޅީ ބަޔާން މިހާރު ހުށަހަޅާފައިވާއިރު މަޖިލީހުގެ ވެބްސައިޓުން ވެސް އެ މައުލޫމާތު ފެންނަން އެބަހުއްޓެވެ.