ނޭޕާލުގެ ހަމަނުޖެހުން: އަސްލަކީ ކޮރަޕްޝަނާއި 'ނެޕޯ ބޭބީސް'!
ދަޕްރެސް
9 ސެޕްޓެމްބަރު 2025 | އަންގާރަ | 9:36
239 ނުވައަހަރު ވާންދެން ރަސްކަމެއް ކުރި، ނޭޕާލަށް ދިމިގްރާތީ ނިޒާމެއް އައިތާ މިވީ މަދު މުއްދަތުގެ ތެރޭގައި އެތައް ސަރުކާރެއް ބަދަލުވެފައި ވެއެވެ.
2008 ގައި ދިމިގްރާތީ ނިޒާމަކަށް ވެރިކަން ފުރޮޅިގެން ދިޔަ ނަމަވެސް، މިއަދާ ހަމައަށް އެ ގައުމު ކަޑައްތު ކުރަމުން ދަނީ ސިޔާސީ ހަމަނުޖެހުމުގެ ތެރޭގައެވެ.
އެއް ބަޔަކަށް ނުވަތަ ކުރިންސުރެ ވެރިކަމުގެ ކޮއިލުގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔަ އާއިލާތަކުގެ ކުދިންނާއި ޒުވާނުންނަށް ހާއްސަކަމެއް ދެމުން ގެންދިޔުމާއި، އާންމު އެހެން ރައްޔިތުންނަށް ނުދޭ އިމްތިޔާޒުތައް ދެމުން ގެންދިޔުމުގެ ސަގާފަތެއް އޮވެއެވެ.