3 ސައިކަލާއި ބަހެއް ޖެހި ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް، އަނިޔާވި މީހުންނަށް ފަރުވާދެނީ

ދަޕްރެސް

9 ސެޕްޓެމްބަރު 2025 | އަންގާރަ | 11:29

ސިނަމާލެ ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ، އަނިޔާވި މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ސިނަމާލެ ބްރިޖުގައި އެކްސިޑެންޓެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަަމަށެވެ. މި އެކްސިޑެންޓުގައި 3 ސައިކަލަކާއި ބަހެއް ހިމެނޭކަން ފާހަގަކޮށް ފުލުހުން ބުނީ މި ތިން ސައިކަލުގެ ތެރޭގައި ފުލުހުންގެ ސައިކަލެއް ވެސް ހިމެނޭ ކަމަށެވެ.

އަދި މި އެކްސިޑެންޓުގައި ބަޔަކަށް އަނިޔާވެ އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މައުޟޫޢުތަށް