ހަމަލާ ދިނުމުގެ ކުރިން ގަތަރަށް އެންގި ކަމަށް އެމެރިކާއިން ބުނި ވާހަކަ އެގައުމުން ދޮގުކޮށްފި
ދަޕްރެސް
10 ސެޕްޓެމްބަރު 2025 | ބުދަ | 8:39
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހުށަހެޅުއްވި ސުލްހައިގެ އާ ޕްލޭނެއްގެ މަޝްވަރާއަށް ހަމާސްގެ އިސް ލީޑަރުން ގަތަރަށް ޖަމާވި ވަގުތު އިޒްރޭލުން ހަމަލާ ދިން މައްސަލަ ބޮޑުވުމާއެކު، ހަމަލާގެ ކުރިން އެކަން އެންގިކަމަށް އެމެރިކާއިން ބުނެފިއެވެ.
ވައިޓްހައުސްގެ ތަރުޖަމާން ރޭ ވިދާޅުވީ، ހަމަލާގެ ކުރިން އެމެރިކާއަށް އެކަން އެނގޭކަމަށާއި، އަދި ހަމަލާ ދޭން އުޅޭކަން ގަތަރުގެ އޮފިޝަލުންނަށް ވެސް ދުރާލާ އެންގި ކަމަށެވެ.
ތަރުޖަމާން ކެރޮލިން ލީވިތް ވިދާޅުވީ، އިޒްރޭލުން ހަމަލާ ދޭން އުޅޭކަން އެމެރިކާގެ އަސްކަރިއްޔާގެ ފަރާތުން ވައިޓްހައުސް އަށް (ޓްރަމްޕަށް) އެނގިވަޑައިގެންނެވި ކަމަށާއި، އެއާއެކު މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ މަންދޫބު ސްތީވް ވިޓްކޮފް މެދުވެރިކުރައްވައި ގަތަރުގެ އޮފިޝަލުންނަށް އެންގެވި ކަމަށެވެ.